ރާއްޖެއިން މިހާރު ފެންނަނީ ގާނޫނޫ މުގުރާލުމުން ފެންނަ ކަންކަން:އަހުމަދު އަބްދުﷲ

ރާއްޖެއިން މިހާރު ފެންނަމުންދަނީ ގާނޫނުތައް މުގުރައިލުމުން ފެންނަމުންދާ ކަންކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގާނޫނޫ މުގުރާލައި ވެރިކަން ކުރަން ދޫކޮށްލަން ރައްޔިތުން ދޫނުކުރާނެ ކަމަށެވެ. ރައްޔިތުން މިހާރުވަނީ އެއަށްވުރެ ބޮޑަށް ލޯހުޅުވި ހިތްވަރު ލިބިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ގާނޫނު މުގުރާލުމަށްފަހު މިރާއްޖޭގައި ވެރިކަން ކުރުމުގެ ޖާގައެއް ރައްޔިތުން ނުދޭނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައް ތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުވެސްދަނީ ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ވަމުން ކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ގޮވާލަމުން ގެންދަނީ މިކަންކަން ރަނގަޅުކޮށް ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވަނުމަށް ކަމަށް އަހުމަދު ވިދާޅުވިއެވެ. "ރާއްޖޭގައި މިހާރު ހިނގާ ކަންކަމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އިގްތިސާދަށް ލިބެމުން އެދަނީ. އެހެންވީމާ މިކަންކަން ރަނގަޅު ކުރުމަށް ސަރުކާރު އެބަޖެހޭ ގާނޫނީ އިމުގެތެރެއަށް ވަންނަން،" އޭނާ ވިދާޅުވިއެވެ.

ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގެ ސިޔާސީ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައެވެ. ދެފަނޑިޔާރަކު ވަނީ ބަންދުކޮށްފައެވެ. ކުރީގެ ރައީސް މައުމޫން ވަނީ ބަންދު ކޮށްފައެވެ. ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މީގެ ސަބަބުން ބޭރުގެ ޕްރެޝަރުވެސް ރާއްޖެއަށް އަންނަނީ ކުރިމަތިވަމުނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.