އެންއައިސީއަށް ސުލައިމާން އައްޔަން ކުރަން މަޖިލީހުން އާނބަސް ބުނެފި

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އަހުމަދު ސުލައިމާން އައްޔަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

ސުލައިމާނު އެމަގާމަށް އައްޔަން ކުރެއްވުމަށް އޭނާގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެކޮމިޓީން އޭނާގެ ނަން ދިރާސާ ކުރެއްވުމަށްފަހު ވަނީ 75.89 މާކްސްދީފައެވެ.
އެންއައިސީގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ނެގި ވޯޓުގައި އޭނާއަށް ރުހުންދީފައިވަނީ 32 މެންބަރުންގެ އިއްތިފާގުންނެވެ.

ސުލައިމާން ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށެވެ. އޭނާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެމަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދިވެސް އޭނާ ހާމައެއް ނުކުރައްވައެވެ.

އެންއައިސީއަށް ސުލައިމާން އައްޔަން ކުރަން މި ނިންމެވީ އެތަނުގެ ކުރީގެ މެބްބަރު ޔޫސުފް މާނިއު އެމަގާމުން ވަކިކޮށްފައި ވުމުން އޭނާގެ ބަދަލުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި މ. ފޭމަންސް އިބްރާހިމް އުވައިސް ހަމަޖެއްސެވުމަށްވެސް ރުހުން ދީފައެވެ. އޭނާއަށް ރުހުންދީފައިވަނީ 31 މެމްބަރުންގެ އިއްތިފާގުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.