ފެނަކައިގެ މުވައްޒަފުންނަށް ވޯކްޝޮޕެއް ބާއްވައިފި

މެއިންޓެނަސް މެނޭޖްމަންޓް އަދި 'ހައުޓު ރިކަވާ ޔުއޯ ޑެޓްސް' އާ ގުޅޭ ތަމްރީނު ވޯކްޝޮޕެއް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރީސާޗް އާއި، އާރް އެޗް ޓްރެއިނިންްގް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ކުރިޔަށް ގެންގޮސްފިއެވެ.

މި ވޯކްޝޮޕް ތަކުގައި ކްރެޑިޓް ކޮންޓްރޯލް އެންޑް ރިސްކް މެނޭޖްމަންޓް އަދި އޮޕަރޭޝަނަލް ސާވިސަސް ޑިޕާޓްމެންޓުގެ މުވައްޒަފުން ވަނީ ބައިވެރިވެފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.

މި ސެޝަންތަކުގެ މަޤްޞަދަކީ ބައިވެރިވާ ފަރާތްތަކުގެ ހުނަރާއި ޢިލްމު އިތުރުކޮށް، އޮޕަރޭޝަނަލް އެފިޝަންސީ ދެމެހެއްޓުމަށާއި، ނުދައްކާ ހުރި ދަރަނިތައް އަނބުރާ ހޯދުމުގެ ހަރުދަނާ ސްޓްރެޓެޖީތަކެއް އެ ފަރާތްތަކަށް ފަހިކޮށްދިނުމެވެ.

އާރް އެޗް ޓްރެއިނިންްގް އެންޑް ޑިވެލޮޕްމަންޓްއަކީ ސްރީލަންކާގައި އެންމެ އިސްކޮށް ހިންގާ ކޯޕަރޭޓް ތަމްރީނު ދޭ ޖަމްޢިއްޔާއެވެ. މިއީ ލަންކާއާއި އެޤައުމުން ބޭރުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާއެކެވެ. މީގެ ކުރިނެވެސް އާރް އެޗް ޓްރެއިނިންްގް އެންޑް ޑިވެލޮޕްމަންޓްއިން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މި އިސްނެގުމުގެ ސަބަބުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި އޮޕަރޭޝަނަލް އެކްސެލެންސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.