ފެނަކައިން 43 ޖަނެރޭޓަރު އަލަށް ގަނެ، އެކި ރަށް ރަށުގައި އިންސްޓޯލް ކޮށްފި

ފެނަކައިން އަތޮޅުތެރޭގައި ހުޅުވި އޮފީހެއް - ފޮޓޯ: ފެނަކަ ފޭސްބުކް

2024 ވަނަ އަހަރު ފެށުނު އިރު ކުންފުނީގެ ވަރަށް ގިނަ ރަށް ރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅު ކުރަންޖެހިފަ އަދި ރަށް ރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައެވެ. އަދި ވަރަށް ގިނަ ޖެނެރޭޓަންތަކެށް ހުރީ އޯވަރހޯލް ކުރަންޖެހިފައެވެ.

އައުމެނޭޖްމެންޓް ފެށުމާއިއެކު މިހާރުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފެށިގެން ދިޔައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައެވެ. ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ވަނީ ފިލުވާލެވިފައެވެ.

އޭގެ އިތުރުން ވަރަށް ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިންގ މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އަދި މިޔަދު ފުރަތަމަ ކުއާޓާނިމި މިޔަދާ ހަމައަށް ދިޔައިރު ކުންފުނީގެ މިހާރު އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލް ވަނީ ކުރެވިފައެވެ.

މިއަހަރު މިހާތަނަށް ދިޔައިރުގައި ކުންފުނީގެ ޖަނެރޭޓަރ ހާލަތު ރަނގަޅު ކުރެވިއްޖެ، އަދި ޖަނެރޭޝަން ކެޕޭސިޓީ ވަނީ އިތުރު ކުރެވިފައެވެ. އެހެންކަމުން ވަރަށް ގިނަ ރަށް ރަށެއްގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކުރެވިފައިވާއިރު، މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަރ ހޯލް ކުރުމާ ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތްތައް އެބަކުރެވެއެވެ. އަދި މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރު ތަކުގެވެސް ގެނައުމުގެ މަސައްކަތްތައް އެބަކުރެވެއެވެ.

އެހެންކަމުން، ދާއިމީ ގޮތެށްގައި މިކަންތައްތައް ރަނގަޅު ކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭތޯ ކުންފުނިންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.