ބަނާނާ ހެއަރ މާސްކް

ދޮންކޭލަކީ އޭގައި ވަރަށް ގިނަ ނިއުޓްރިއެންޓް އާއި މިނަރެލް ހިމެނޭ މޭވާ އެކެވެ. ޕޮޓޭސިއަމް އާއި މެގްނީޒިއަމް އާއި އެމިނޯ އެސިޑް އާއި ވިޓަމިންގެ ގެ ވެސް ގިނަ ބާވަތެއް ދޮންކޭލުގައި ހިމެނެއެވެ. ދޮންކޭޅުގައި ހިމެނޭ އެންމެ މައިގަނޑު މާއްދާ އަކީ ޕޮޓޭސިއަމް އެވެ. މިއީ އިސްތަށިގަނޑުގެ ދިރުމަށް ވަރަށް ބޮޑަށް އެހީ ތެރިވެދޭ މާއްދާއެކެވެ. މި މާއްދާ އިން ބޮލުގައި ހަންފޮޅުން ހުއްޓުވައިދެއެވެ. އަދި އެއީ އިސްތަށިގަނޑަށް ތެތްކަން ގެނެސްދޭން ވެސް އެހީތެރިވާ މާއްދާ އެކެވެ. ދޮންކެޔޮ ބޭނުންކޮށްގެން ގޭގައި އަސިތަށިގަނޑަށް އަމިއްލަ އަށް ފަރުވާ ދެވިދާނެއެވެ. ތިރީގައި މިވަނީ ދޮންކެޔޮ މާސްކެއް ތައްޔާރު ކުރަން ބޭނުންވާ ބާވަތްތަކާއި ތައްޔާރު ކުރާނެ ގޮތެވެ.

ދޮންކެޔޮ މާސްކެއް ތައްޔާރު ކުރުމަށް ދޮންކެޔޮ، މާމުއި، ފިނިފެން، ކާށި ކިރު، ޔޯގަޓް، އަދި ކާށި ތެޔޮ ހޯދާށެވެ.

ދެން ދެ ދޮންކެޔޮ (ނުވަތަ އިސްތަށިގަނޑުގެ ދިގުމިނަށް ފުދޭ ވަރަށް) ރީތިކޮށް ކޮށާލާށެވެ. އޭގެ ތެރެއަށް 2 ނުވަތަ 3 ސަމުސާ ކާށިކިރު އަޅައި ޕޭސްޓަކަށް ވަންދެން އެއްކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް މާމުއި ފޮދެއް އެއްކޮށްލާށެވެ. 2 ސައި ސަމުސާ ކާށިތެލާއި ފިނިފެން އަޅައި ރަނގަޅަށް މިކްސް ކުރުމަށްފަހު 1 ސައިސަމުސާ ޔޯގަޓް އަޅައި ރަނގަޅަށް ގިރާލާށެވެ.

މާސްކް ތައްޔާރުކޮށް ނިމުމުން އިނގިލިތަކުން އިސްތަށިގަނޑުގައި ރަނގަޅަށް އުގުޅާލާށެވެ. އަދި 10 މިނިޓް ނުވަތަ 15 މިނިޓް ވަރު ވަންދެން ބެހެއްޓުމަށް ފަހު ފިނި ފެނުން ނުވަތަ ތާފަނާ ފެނުން ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ސީރަމް ނުވަތަ ކްރީމް ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ.  

ރަނގަޅު ނަތީޖާއެއް ނެރުމަށް މި މާސްކް މަހަކު ތިން ފަހަރު ބޭނުން ކުރެވިދާނެއެވެ. މިއީ އިސްތަށިގަނޑަށް އޮމާންކަމާއި ވިދުން ގެނެސްދޭނެ ފަރުވާ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.