ހައްޖުވެރިން ބަލާ ވީހާވެސް މަދު މީހުން އެއަރޕޯޓަށް ދިއުމަށް އެދިއްޖެ

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުން އެނބުރި އަންނަ ފަރާތްތައް ބަލާ އެއަރޕޯޓަށް ދިއުމުގައި ވީހާވެސް މަދު މީހުން ދިއުން ހިޔާރުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ އެއަރޕޯޓާއި ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި އެންމެން މާސްކު އެޅުމަށް ވެސް އެދިފައެވެ. އަދި ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން އެފަދަ ތަނަކަށް ކޮންމެހެން ދާން ޖެހިއްޖެނަމަ، މާސްކު އަޅައިގެން ނޫނީ ނުދިއުމަށް އެދިަލއްވައެވެ.

އެޗްޕީއޭ އިން ވަނީ ރޯގާގެ އަލާމާތެއް ހުރިނަމަ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގައިދުރުކަން ބެހެއްޓުމަށް އެދިަލއްވާފައެވެ. ހައިރިސްކް މީހުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވައެވެ.

ހަމަމިއާއެކު ރޯގާގެ އެއްވެސް އަލާމާތެއް ހުރެ، ގިނަދުވަސް ވާނަމަ، ނުވަތަ ބޮޑުވަރުވާ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.