އިސްރަށްވެެހިންނަށް ހާއްސަކޮށްގެން އަލިފާން ނިއްވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މި ޕްރޮގްރާމުގައި ގޭތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި، ގޭސް ފުޅި ގުޅާނެ ގޮތާއި، ގޭސް ލީކުވާނަމަ އެކަން ދެނެގަނެ އަލިފާން ނިވާނެ ގޮތް ވަނީ ދަސްކޮށްދީފައެވެ.

މިފަދަ ޚާއްޞަ ތަމްރީނުތަކުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅި، އަލިފާނުން ރައްކާތެރިވުމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަން ޕްރޮގްރާމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ޓީމް ބިލްޑިން ހަރަކާތްތަކާއި ޕިކްނިކް ހަރަކާތެއް ވެސް ހިމެނޭހެން ވިލިނގިލީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 32 ފަރާތެއްވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ހިންގުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ބައިވެރިވެ އެއްބާރުލުން ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި 750 މީހުން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.