ޕީއެންސީ އަށް އިތުރު މެމްބަރުންތަކެއް ގުޅިއްޖެ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އަލަށް މެމްބަރުންތަކެއް ގުޅިއްޖެއެވެ.

އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ މައި ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވަރަށް ގިނަ މީހުން ވަނީ ޕީއެންސީއާ ގުޅުމަށް ފޯމު ހަވާލުކޮށްފައެވެ.

ޕީއެންސީއާއި އަލަށް ގުޅުނު މެންބަރުންގެ ތެރޭގައި އައްނަބީލާ ހަބީބާ ހުސެއިން ހަބީބްގެ ދޮށީ އަންހެން ދަރިކަނބަލުން ޝަފިއްޔާ ޒުބޭރާއި، 18 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ނާޒިމާއި، ކަސްރަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ހާނިމް އާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި 18 އަހަރު ޚިދުމަތް ކުރައްވަމުން ގެއްދަވާ އުމަރު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ.

މީގެ އިތުރުން އަބްދުﷲ ވަހީދާއި، މުހައްމަދު އަބްދުﷲ، ޝައްމޫން މުހައްމަދު، ޝިފާ ޝަފީޤް، ސައުދުﷲ އަލީ، ޝިޔާން ޝަފީޤް، މުހައްމަދު ޝަހުނީމް އަދި މުހައްމަދު ޖުނައިދުގެ ފޯމުވެސް ރޭ ވަނީ ރައީސް މުޢިއްޒުއާ ހަވާލުކޮށްފައެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވާފައިވަނީ އާޓިފިޝަލް ބީޗް ކުރިމަތި، ހ.ވެޔޮވިލާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.