ރާއްޖެއިން ބަދަލު ހިފުމުގެ ރޫހު މިހާރު ވަނީ ނައްތާލެވިފަ: ރައީސް

ރާއްޖެއިން ބަދަލު ހިފުމުގެ ރޫހު މިހާރު ނައްތާލެވިފައި ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި ނޯންނާނެ ކަމަށާއި އެގޮތުން ނާޖާއިޒު ގޮތުގައި، އަދި ގަވާއިދާ ޚިލާފަށް ކަންކަން ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަކީ ބަދަލު ހިފުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަދުލުވެރިވީމާ ގައުމަށް ބަރަކާތާއި ކާމިޔާބު ލިބި ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމުގައެވެ. އަދި ރައްޔިތުންނަށް ތެދުވެރިވެ އިހްލާސްތެރިވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނާ އެކު ކުރިއަށް ވަޑައިގަތުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.