މީނާލްގެ ޓެސްޓުތަކެއް ހަދަނީ

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދަނިކޮށް ހޭނެތިފައި އޮއްވާ ފެނުނު ކުޑަ ކުައްްޖާގެ ޓެސްޓުތަކެއް ހެދުމަށް ނިންމައިފިއެވެ.

ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ އެރަށު ފިނިވިލާގެ، މީނާލް މުހައްމަދުއެވެ. އޭނާ އަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ.

އިއްޔެ ހަވީރު އެކުއްޖާ ގެއްލިގެން ހޯދަނިކޮށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާއި މާދުރުނޫން ގެއެއްގެ ގޯތިތެރޭގައި ހޭނެތިފައި އޮއްވައެވެ.

ފުލުހުން ބުނީ އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ފިޔޯރީ ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާ ކަމަށެވެ. އެކަމަކު ކުޑަކުއްޖަކު ގެއްލިފައި ނުފެބި ގިނައިރުވުމުން ކުއްޖާގެ ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓުތައް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ ޓެސްޓުތައް ހެދުމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.