ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓއް ހިނގައި، މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ސައިކަލު ކާހާލައިގެން ވެއްޓި ކަމަށެވެ.

އިއްޔެ ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސްރީލަންކާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.