އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި

އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަމުން ދަނީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ދިނުމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށް އިހުތިޖާޖުކުރާ މީހުން ދަނީ ގޮވަމުންނެވެ.

މަސްވެރިން އިހުތިޖާޖުކުރަމުންދާކަން ހާމަކޮށް ފުލުހުން ބުނީ ފައިސާ ނުލިބޭ މައްސަލައިގައި އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ އެ މުޒާހަރާ މިއަދު 12 ޖަހަންދެން ކުރިއަށް ދާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށް ފުލުހުން ބުބެއެވެ.

މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމުގެ އިންޒާރު އެމީހުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.