މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއީ ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ހުއްޓުވުމަށް ސަރުކާރުން ފަްއޓަވާފައިވާ ޚާއްސަ މަސައްކަތްތަކެއްގެ ދަށުން ހަރުކުރި ތަކެތި ކަމަށެވެ.

އެގޮތުން އެފަދަ ކޯލްތައް ހުއްޓުވުމަށް މިދިޔަ ހަފުތާ މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް މަހުގެ ތެރޭގައި ބޮޑީ ސްކޭނިންގ މެޝިނެއް ބަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ޖަލުތެރޭގެ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާއި މަސްތުވާތަކެތި ފެންނަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސްކޭމް ކޯލުގެ މައްސަލަ ހުއްޓުވުމަށް ވެސް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސްކޭމް ހުއްޓުވުމަށް އެކަމަށް ޚާއްސަ ސެންޓަރެއް ގާއިމް ކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ސްކޭމް ކޯލްތައް ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ މުހިންމުކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.