ރާއްޖޭގައި ކާމިޔާބުކަމާއެކު ގާމެންޓް ފެލްޓްރީތައް ހިނގިދާނެ: ނިޒާރު

ރާއްޖޭގައި ކާމިޔާބުކަމާއެކު ގާމެންޓް ފެލްޓްރީތައް ހިނގިދާނެކަމަށް ޤަބޫލުކުރައްވާ ކަމުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދަައްކަވަމުން އޭނާ ވިދާޅުވީ އައްޑޫ ސިިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމްވުމުން، އެ ސިޓީގައި ވަޒީފާތަކެއް އުފެދިގެންދާނެކަމަށެވެ.

އެހެންނަމަވެސް އެ މަސައްކަތްކުރާ ލޭބަރުން ރާއްޖެއިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރެއްވިއެވެ.

ގާމެންޓް ފެކްޓްރީއެއް ޤާއިމްކުރެވުމުން، ރާއްޖޭގައި ޑިމާންޑް ބޮޑު އައިޓަމްތައް ފުޅާ ދާއިރާއެއްގައި ތައްޔާރުކުރެވިދާނެކަމަށާއި އެގޮތުން ރިސޯޓުތަކަށް ބޭނުންވާ، ބެޑްޝީޓް ފަދަ ތަކެއްޗަކީވެސް ފުޅާ ދާއިރާއެއްގައި ތައްޔާރުކުރެވިދާނެ ތަކެތިކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ މީގެ ޒަމާންތަކެއް ކުރިން ވެސް އައްޑޫގައި ގާމެންޓް ފެކްޓްރީ ހިންގިކަމަށާއި އަވައްޓެރި ޤައުމުތަކުގައިވެސް އިންޓަރނޭޝަނަލް ބްރޭންޑްތައް ތައްޔާރުކުރާކަމަށާއި، އައްޑޫ ސިޓީގައިވެސް އެފަދަ ބްރޭންޑްތައް އުފެއްދިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.