ހައްޖަށް ގޮސް ހުރި ދިވެއްސެއް ނިޔާވެއްޖެ

ހައްޖަށް ގޮސް ހުރި ދިވެއްސެއް ނިޔާވެއްޖެއެވެ.

ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެފައި ވަނީ ރ. ހުޅުދުއްފާރު އުމުރުން 80 އަހަރުގެ ފާތިމަތު ހަފީޒާ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެކުރިން ވިދާޅުވެފައިވަނި ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކް ޖެހިގެން ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ހާމައެއް ނުކުރައްވައެވެ. އަދި ބަލިމީހާގެ އާއިލާ އާއި އެ މައުލޫމާތު ހިއްސާކޮށް ބަލިމީހާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.