އިޔާދަ ކުރަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓް ބ. އަތޮޅުގައި ފަށަނީ

ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވަޒަފުންނަށް ޕްރޮޖެކްޓްގެ ޓްރެއިންނިން ދިނުން ކުރިއަށް ގެންގޮސްފިއެވެ.

ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މވ ސޯލާ ޕީވީ އަދި 3.23 މވގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ. "ޕޮއިސްޑް" ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.

2023 މާޗުން ފެށިގެން މި ޕްރޮޖެކްޓް ތ.އަތޮޅު ބުރުނީ ފިޔަވައި އެ އަތޮޅު ހުރިހާ ރަށެެއްގައި ކުރިއަށް ދާއިރު ތ.ވޭމަންޑޫގައި މިދިޔަ މޭމަހު ވަނީ 250.6 ކވގެ ސޯލާ ޕީވީ ނިޒާމެއް ޕްރި-ކަމިޝަން ކުރެވިފައެވެ. މީގެ ސަބަބުން ކޮންމެ މަހެއްގައި ވޭމަންޑޫއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލުން އެވްރެޖްކޮށް 10،500 ލީޓަރު ސަލާމަތް ކުރެވޭނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް ހދ އަތޮޅުގައި ވެސް މިވަގުތު ކުރިއަށް ދާއިރު މި ޕްރޮޖެކްޓް ވަނީ ހއ. ށ. އަދި ނ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް މި ކުންފުނިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.