ހައްޖުވެރިން މިއަދު ފުރަން ފަށާނެ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން މިއަދު ފުރަން ފަށާނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައި ކަމަށެވެ.

އެގޮތުން ފުރަތަމަ ފްލައިޓްގައި 298 ހައްޖާޖީން ފުރާނެ ކަމަށާއި ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގައި ކަމަށް ބުނެއެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކީ ފުރާނީ އަންނަ މަހުގެ 7 ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 ފަގީރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.