ރަށްރަށުގައި ހުރި އިޖުތިމާއީ ދިއްލުންތައް ޗެކްކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި

ރަށްރަށުގައި ހުރި އިޖުތިމާއީ ދިއްލުންތައް ޗެކްކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިޖްތިމާއީ  ދިއްލުންތަކަށް  ބޭނުންކުރާ  (ބަނދަރާއި  މަގުމަތީގެ )  ބައްތިތަކުގެ އިންސްޕެކްޝަން މިހާރު ވަނީ ފެށިފައި ކަމަށެވެ.

މިގޮތުން، ކައުންސިލްތަކާއި ބައްދަލުކޮށް، ކައުންސިލްތަކާއި ގުޅިގެން މި ބައްތިތަކުގެ ހުރި މައްސަލަތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަކިން ހާއްސަކޮށް އީއެލްސީބީ ހަރުކުރެވިފައި ހުރިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ރަށްރަށުގެ  އިޖްތިމާއީ  ދިއްލުންތަކަށް  ބޭނުންކުރާ  (ބަނދަރާއި  މަގުމަތީގެ )  ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން  ބަލަހައްޓާ އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެކެވެ. އަދި ކައުންސިލްތަކާއި އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.