މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

މިއަދު ހުވައިކުރައްވާ މަޤާމާ ޙަވާލުވެވަޑައިގެންނެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދެންނެވީ މިއަދު މީސްމީޑިޔާ މަންސައެއްކަމަށްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ އިންތިޚާބުކުރައްވާފައެވެ.

އެމަނިކުފާނު މަޖިލީހުގެ ރައީސަކަށް އިންތިޚާބުކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.