ނޫސްވެރިން ތަމްރީނު ކުރުމަށް ޕާކިސްތާނަށް ފޮނުވަނީ

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާންގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ދަ ހައި ކޮމިޝަން އޮފް ޕާކިސްތާން އާއި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ، މެންބަރު އަލީ ނިޝާން، މެންބަރު މުޙައްމަދު އަފްރާހް، އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޕާކިސްތާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ އަދި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤްރްނައިން އަޙްމަދުއެވެ.

ހައިކޮމިޝަނަރާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް ޕާކިސްތާންއަށް ޖޫން 2024 ގައި ދިޔުމަށް ހަމަޖެހިފައިވާކަމަށް ހައިކޮމިޝަނަރު ޔަގީންކަންދެއްވިއެވެ.

މި ތަމްރީންގައި ބައިވެރިވާ ނޫސްވެރިން ޕާކިސްތާނުގެ މަޝްހޫރު ބައެއް މީޑިއާ ހައުސްތަކަށް ޒިޔާރަތް ކުރުމުގެ އިތުރުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގެ ސެޝަންތަކުގައި ބައިވެރިވާނެ އެވެ. މީގެ އިތުރުން އެމްއެމްސީ އާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ޕާކިސްތާނުގެ ހައިކޮމިޝަނަރު މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.