މަސްޖިދުއް ނަބަވީއަށް ރައީސް ޒިޔާރަތް ކުރައްވައިފި

މަސްޖިދުއް ނަބަވީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތް ކުރައްވާފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނާއެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުފުޅުގެ ތެރެއިން ރައީސް އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ބޭފުޅުން މަދީނާއަށް ވަޑައިގެންނެވިއިރު، މިއަދު މަސްޖިދުއް ނަަބަވީއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށެވެ.

މި ދަތުރުފުޅުގައި އެ،މަނިކުފާނު ވަނީ މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.