ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ހަތަރެއް ޖަހާއިރު ފަށަނީ

ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާ މިއަދު ހަވީރު 4:00 ގައި މަޖިލީސްކުރާ ގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުގެ ޖަލްސާއަކީ ރައީސް ޔާމީން އިއުލާން ކުރައްވައިފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށް ދެއްވުމަށް ހުށަހެޅުއްވި ގަރާރު ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ. އެއަށް ވޯޓަށް އެހޭނީ މަޖިލީހުގެ ތަޅުމުގައި މަދުވެގެން 43 މެންބަރުން ތިބެގެންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނެނީ 41 މެންބަރުންނެވެ. އެ އަދަދު 43 އަށް ބަދަލު ކުރެއްވުމަށް ކޯލިޝަނުން ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ.

އެންމެފަހުން ޕީޕީއެމް/އެމްޑީ ކޯލިޝަންގެ ޕީޖީ ގުރޫޕުން ވަނީ އަދަދު ހަމަނުވިޔަސް ޖަލްސާ ބާއްވަން ނިންމަވައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާން ކުރެއްވީ 15 ދުވަހަށެވެ. އެ މުއްދަތު މިރެއަށ ހަމަވާނެއެވެ. މުއްދަތު އިތުރު ކުރައްވަން އެދިވަޑައިގެން ރައީސް ހުށަހެޅުއްވި ގަރާރު މިރެއަށްވުރެ ކުރިން ފާސް ނުވެއްޖެ ނަމަ އެ އުވިގެންދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.