އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި

ނިމިގެން މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒުއެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

ސީސީއޯ، ހުސައިން ނިޔާޒް ވިދާޅުވީ މިއަހަރުގެ ހަދިޔާފޮށީގަ ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަަމަށެވެ. އަދި މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަން ކޮށް، އާ ކަންކަން ކަސްޱަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް ކަމަށެވެ.

މީގެ އިތުރުން ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށް ވެސް ކާމިޔާބު ކަމާއެކުގައި ކަމަށް ވެސް  ސީސީއޯ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.