މަޖިލިސް އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

އެ ޕާޓީއިން ވަނީ މަޖިލީހުގެ 90 ދާއިރާއަކަށް ވާދަކޮށްފައެވެ.

އީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 207،693 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަކޮށްފައި ވާއިރު 7 ސިޔާސީ ޕާޓީން 238 ފަރާތެއް ވަނީ ވާދަކޮށްފަވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.