ބައި ލައްކައާ ގާތްކުރާ ޢަދަދަކަށް މީހުން ވޯޓުލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް 47،296 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17،885 އަންހެނުންނާއި، 29،411 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 16.61 އިންސައްތައެވެ.

އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން މިހާތަނަށް 237،367 މީހުން ވޯޓު ނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:30އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް އިންތިޚާބުގައި ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.