އައްޑޫ ސިޓީގެ ރަަށްތަކުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ރަަށްތަކުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

އެ ސިޓީގެ ހިތަދޫގައި އަލަށް ޤާއިމު ކުރެވޭ 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ވަނީ ނިންމާފައެވެ.

ޖުމްލަ 59 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ފަހުނަމުނަމާ ސޮއިކުރީ އޭޕްރިލް 18 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އައު ސެންޓްރަލް އިންޖީނުގެ އައްޑޫ ސިޓީ ހިތަދޫ މިހާރު އިންޖީނުގެ ހުރި  ސަރަހައްދުގައި އެޅުމާއި 32 މވގެ ޑީސަލް ޕްލާންޓުގައި 5.8 މވގެ 2 ސެޓް ޑީސަލް ޖަނެރޭޓަރާއި 9.8 މވ ގެ 2 ސެޓް ޑީސަލް ޖަނަރޭޓަރު ހިމެނޭ ގޮތަށް ޖަނަރޭޓަރުތައް އިންސްޓޯލް ކުރުން ހިމެނެއެވެ.

މީގެއިތުރުން އެ ސިޓީ ޑިސްޓިއުބީއުޝަަން ސިސްޓަމް އަޕްގްރޭޑުކޮށް، މި ޕްރޮޖެކްޓުގެ ދަށުން ގާއިމު ކުރެވިގެންދާ އިންޖީނުގޭގައި 50 މވ އާއި ހަމައަށް ކެޕޭސިޓީ އަޕްގްރޭޑް ކުރެވޭނެެއެވެ.

މިއީ ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ މީދޫ އަދި ހުޅުދޫ ބްރިޖަކުން ގުޅާލުމުން އެ ދެ ރަށަށް ވެސް ކަރަންޓު ދެވޭނެ ވަރުގެ މަރުކަޒީ އިންޖީނު ގެއަކަށް ވެގެން ދާނެ މަޝްރޫއެއް ކަަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 12 އަހަރު ތެރޭ ދައްކާ ހަލާސް ކުރާ ގޮތަށް ޑޮންފެންގް  އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި އެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއު ނިމުމުން ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ  ހައްލުވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން އަޅާ ޕަވާރ ޕްލާންޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި  އިކުއިޕްމެންޓާއި އެކު ގާއިމު ކުރެވޭ ޕްލާންޓެކެވެ. މިޝްރޫއުގެ ޢަމަލީ މަސައްކަތް ނިމި ދޮޅު އަހަރުގެ ތެރޭގައި ހިދުމަތް ދެވެން ފެށޭނެއެވެ.

ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްގެ ފަރާތުން މި ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުންވެސް ހިމެނިފައިވެއެވެ.

މި ފަހުމުނާމާގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އެވެ. ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ސޮެއި ކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ސަން ޒެންޕިންގްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.