ރައީސް ޔާމީންގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފި

ފޮޓޯ: ޚަބަރު އޮންލައިން

ރައީސް ޔާމީންގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމާއި ގުޅޭގޮތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލައިގާ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.

މިއަދު އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމްއިއްވާފައިވާއިރު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. މިއަދު އިއްވި ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރުމަހުގެ ތެރޭގައި ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު މިނިވަންވެ ވަޑައިގެންނެވިއިރު ހުންނެވީ ރަށު ބަންދެއްގައެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާއިރު އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދަށު ކޯޓުން އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.