އުއްމީދަކީ ރައީސް ޔާމީން މާދަމާ މިނިވަންވުން: ރައީސް ޑރ. މުއިއްޒު

އުއްމީދަކީ ރައީސް ޔާމީން މާދަމާ މިނިވަންވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެން/ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މާދަމާ ރައީސް ޔާމީން މިނިވަން ވުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް މިނިވަން ކަމާއެކުގައި އުޅުއްވަމުން ގެންދަވާ ތަން ކަމަށެވެ.

ވެރިކަން ކުރުމަކީ މީގެ ކުރިން ވެރިކަން ކުރި މީހުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ގައުމު ހިންގުމަށް ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ބޭނުންފުޅު ވަނީ އެ ބަދަލު ހިފުމުގެ ރޫހަށް ނިމުމެއް ގެންނަން ކަމަށާއި މި ސަރުކާރުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް "އަތް ނުބާނާނެ" ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެގޮތުން މުއިއްޒު ހުވާ ކުރެއްވި ދުވަހު ވިދާޅުވި ފަދައިން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެ ދާއިރާ އޮންނާނީ މިނިވަންކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.