ތިނަދޫ ބަނދަރު ތަރައްޤީ ކުރުމަށް ސައިޓް މޮބިލައިޒް ކޮށްފި

ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ އިއްޔެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 249.66 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުމާއި، 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 40.57 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.