ރައްޔިތުންގެ ހައްގުތައް މަޖިލިސްތެރެއިން ކަށަވަރުކުރާނީ ޕީއެންއެފް

ޕީއެންއެފް ވެގެން ދާނީ ރައްޔިތުންގެ ހައްގުތައް ރައްޔިތުންގެ މަޖިލިސް ތެރޭގައި ކަށަވަރު ކުރާނެ ޕާޓީއަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން ނޫސްވެރިންނަށް މައުލޫމާމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އެ ޕާޓީ ވެގެންދާނީ ރައީސް ޔާމިންގެ ފިކުރާ އެއްގޮތަށް ކުރިޔަށް ދާނެ ޕާޓީއަކަށް ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ކުރިން ރައީސް ޔާމީން ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގަ އެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ހިއްސާއާއެކު އައި މި ސަރުކާރުގެ ވެރިކަމަށް ހަފްތާއެއްވާން ކައިރިވެފައިވަނިކޮށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މެސެޖުތަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ނުދެއްވާ ކަމަށާއި، ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނާ ދުރަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިން ވަކިވެވަޑައިގެންފައެވެ.

ރައީސް ޔާމީންގެ އައު ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހުންނަވަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމްއެވެ. ޒޭންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ރައީސް ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބުރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.