އެޕްރީލް 8 ގައި އެއްކޮށްހިފާ އިރުކޭތައެއް

8 އެޕްރީލް 2024 ވާ ހޯމަދުވަހަކީ ، ހަތަރު މިނިޓެއްހާއިރަށް ، މުޅިދުނިޔެ އެއްކޮށް އަނދިރިވާވަރުގެ އިރުކޭތައެއް ހިފާ ދުވަހެކެވެ. ކޭތަ ހިފަން ފަށާނީ ދެކުނު ޕެސިފިކް ކަނޑުންނެވެ. ކޭތަ ހިފަމުންދާއިރު ، ދަތުރުކުރަމުންދާނީ ، އެމެރިކާގެ އުތުރުގެ ސްޓޭޓްތަކުގެ މަތިންނެވެ. އެމެރިކާގެ އުތުރާއި މެދުތެރޭ އެމެރިކާގެ ސަރަޙައްދަށް ، ބައިކުޅަބަޔަށް ހިފާފައިވާ އިރުކޭތައެއް ފެންނާނެއެވެ. އެމެރިކާގެ ފަނަރަ ސްޓޭޓަކާއި މެކްސިކޯ އަދި ކެނެޑާއަށް ، ދުނިޔެ އަނދިރިވެ ، އެއްކޮށް އިރުކޭތަ ހިފާފައިވާތަން ފެންނާނެއެވެ. އެއީ 185 ކިލޯމީޓަރުގެ ފުޅާމިނަކަށެވެ.

އިރުކޭތަ ހިފަނީ އިރާއި ބިމާދެމެދަށް ހަނދުވަދެ އިރުގެ ފަރުދާއަކަށް ވުމުންނެވެ. އިރުގެ މޫނުމަތި އެއްކޮށް ނިވައި ކޮށްލުމުންނެވެ. އިރުގެ އަލި ގެއްލޭހިނދު ، ފަތިހުގެ އަލިކަމާ އެއްފަދަ އަލިކަމެއް ، އިރުކޭތަ ހިފުމުން ދުނިޔެއަށް ޢާންމު ވާނެއެވެ. އިރުކޭތަ ހިފާނީ މަހަކަށް ހަނދުބަލާއިރު ، އާ ހަނދަކާ އެކީގައެވެ.

ކެނެޑާއަށް އެއްކޮށް ކޭތަހިފާފައި ހުންނާނީ 34 މިނެޓާއި 4 ސިކުންތަށެވެ. މެކްސިކޯއަށް އެއްކޮށް ކޭތަހިފާފައި ހުންނާނީ ، 40 މިނެޓާއި 43 ސިކުންތަށެވެ. އަސި އެމެރިކާގެ އެކިހިސާބަށް އެއްކޮށް ކޭތަހިފާފައި ހުންނާނީ 1 ގަޑިއިރާއި 7 މިނެޓާ އަދި 58 ސިކުންތަށެވެ.

ރާއްޖޭގައި އެންމެ އަވަހަށް ، އެއްކޮށް ކޭތައެއް ހިފާނީ 2053 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެކުރިން 2027 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަދުވަހު ، ބައިކުޅަބައެއްގެ ކޭތައެއް ރާއްޖެޔަށް ފެންނާނެއެވެ. އަދި 2059 ވަނައަހަރުގެ މޭމަހުގެ 11 ވަނަދުވަހު ، އަލިފާންބޮޅެއްސިފަކޮށްދޭ ކޭތައެއް ރާއްޖެއަށް ފެންނާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.