ރަށަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓުތައް ހޯދުމަށް ޗައިނާ ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖު" ގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ޞިއްޙީ ވުޒާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު 05 އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެއެވެ.

މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، އިސްވެދެންނެވުނު ރަށްތަކުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އެ ޞިއްޙީ މަރުކަޒުތަކުގައި ދެމުން ގެންދާ ޞިއްޙީ ޚިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.