ފައްޔާޒު އިސްމާއިލް ފުލުހަަށް ހާޒިރު ކުރަނީ

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފައްޔާޒާ ސުވާލު ކުރަން މިއަދު މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ކަމަަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

މި ޚިޔާނާތާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނެފައިވަނީ މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައި ާ ކަމަށެވެ.

އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން، ކޮވިޑް ތެރޭގައި ފައިސާގެ މުއާމަލާތަށް ގެނައި ބަދަލަކާ ގުޅިގެން އެ ކުންފުނީގެ ފައިސާ އެތަނުގެ އިސް ވެރިންގެ އެކައުންޓަށް ޖަމާކޮށް ދައުރު ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައި ވާކަމަށާއި، ކޮވިޑުގެ ބަލިމަޑު ކަމަށް ފަހުވެސް އެކަމަށް ބަދަލު ނުގެނެސް އޮޅުވާލައިގެން، މަކަރާ ހީލަތުން ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަން ފާހަގަ ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ދައުލަތުގެ ފައިސާ ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އަސާސީ މިންގަނޑާ ހިލާފަށް ގެންގުޅެފައިވާކަމާއި މީރާއަށް ފައިސާ ޖަމާވުމުގެ ބަދަލުގައި އެކެއްގެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް މި ޚިޔާނާތުގައި ދައުރުވެފައިވަނީ ސީދާ ކިހާ އަދަދެއްގެ ފައިސާކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނިގޮތުގައި ހިޔާނާތުގެ ތުހުމަތު އެ ކުންފުނީގެ ތިން މުވައްޒަފަކަށް ކުރެވޭ ވަރަށް ޔަގީންކުރެވިފައިވާ ކަމަށާއި، 10 ނުވަތަ 15 މުވައްޒަފުންގެ ބައިވެރިވުން އޮވެދާނެއެވެ.

، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.