ކުއްލި ނުރައްކަލުގެ ޙާލަތާބެހޭ ގަރާރު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ތިރީސް ދުވަހަށް އިތުރު ކުރުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވުމުން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މަޖިލީހުން ފޮނުވި ގަރާރު އެކޮމިޓީން ފާސްކޮށްފިއެވެ.

ނޫސްވެރިންވެސް ނުވައްދައި ކުރިޔަށް ގެންދިޔަ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ފާސްކުރި ގަރާރު މަޖިލީހުން ކޮމިޓީއަށް ފޮނުވީ 38 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިނުވެއެވެ. ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި މި ގަރާރަށް ޖުމްލަ 8 މެމްބަރުން ވޯޓު ދެއްވިއިރު ޕީޕީއެމް ކޯލިޝަނުގެ 6 މެމްބަރުން ގަރާރު ފާސްކުރަން ވޯޓު ދެއްވިއިރު އެމްޑީޕީގެ ދެމެމްބަރުން ވަނީ ފަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ކުއްލި ޙާލަތުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވަނީ އަދިވެސް ގައުމުގެ ޙާލަތު އޮތީ އެގޮތަށް ކަމަށާއި އެހެންކަމުން އަދިވެސް އެ ޙާލަތު އުވާލެވެން ނެތުމާއެކު މުއްދަތު އިތުރު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.