އަލިފުށީގައި އަމިއްލަ ފަރާތަކުން 570 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަޙުމާން މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ.

މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.