އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު

އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރް އަހްމަދު ހަމަޖައްސައިފިއެވެ.

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ.ޔާސިރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.  އަދި ޑރ. ޔާސިރު ލީޑަޝިޕްގެ ދަށުން ކާމިޔާބު ދަތުރެއް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އައްޑޫގެ އެކި ރަށްތަކުގައި ހުރި ސިއްހީ މަރުކަޒުތައް މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ވަނީ ވަކިކޮށްފައެވެ. އެއާ އެކީގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހިންގަން ފަށާފައި ވަނީ ވަކި ގަވާނިންގ ބޯޑެއްގެ ދަށުންނެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތައް އެ ހޮސްޕިޓަލްގެ ދަށަށް ބަދަލުކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ ޑރ. މުހައްމަދު ސާލިހްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.