ގައުމީ އެއަރލައިން އިން ޕްރޮމޯޝަނެއް

ގައުމީ އެއަރލައިން އިން ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރޫޓެއްގައި ޕްރޮމޯޝަނަލް އަގުތައް ތައާރަފްކުރަން ފެށުމަކީ މޯލްޑިވިއަންއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

މި އެކްސްކްލޫސިވް އަގުތަކުގެ ސަބަބުން ފަސިންޖަރުންނަށް ރާއްޖެ ތެރޭގައި ދަތުރުކުރުމުގައި ތަފާތު އަގުތަކާއިއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ވެސް ބުނެއެވެ.

އެ އެއަރލައިނުން ބުނީ ދަރަވަންދޫ އާއި މަޑިވަރުގެ ޕްރޮމޯޝަނަލް އަގުތަކުގައި މިހާރު ވެސް ޓިކެޓް ލިބެންހުންނާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަނަލް އަގުތަކުގައި ދަތުރުވެރިން ބޭނުންވާ ދަތުރުތައް ކަށަވަރު ކުރުމަށް އަވަހަށް ބުކިންގ ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ 16 މަންޒިލަކަށް ހިދުމަތް ދެމުން މޯލްޑިވިއަން އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތް ފޯރުކޮށް ދިނުމަށްކަމަށް އެ އެއަރލައިންއިން ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.