ޗީފް އޮފް ޑިފެންސް ފޯސް ރިޓެއަރ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.

އޭނާ ރިޓެއަރ ކުރައްވާފައިވަނީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާ ސިފައިންގެ އިސްވެރިންނަށް އަބްދުއްރަހީމް ވަނީ އަންގަވާފައެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އޭރު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މޭޖަ ޖެނަރަލް ރޭންކް ގައެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަބްދުއްރަހީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ވެސް ކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.