މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް ބަޔަކާއި ހަވާލުކޮށްފި

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ނ.މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިޙްނާން އިވެސްޓްމަންޓް އާއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. ތިޙްނާން އިވެސްޓްމަންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޙަސަން އަޙްމަދު އެވެ.
ނ.މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް ތިޙްނާން އިވެސްޓްމަންޓް އާއި ހަވާލުކުރީ 1،880،511.32 (އެއްމިލިއަން އަށްލައްކަ އަށްޑިހަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ބާރަ ލާރި) އަށެވެ.
މި މަސައްކަތް ތިޙްނާން އިވެސްޓްމަންޓް އާ ހަވާލުކޮށްފައިވަނީ 59 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 59 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް ތިޙްނާން އިވެސްޓްމަންޓަށް އިތުރަށް ލިބޭނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.