އިލްހާމް ފުނަދޫ ދާއިރާ އަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ދެ ދައުރު މެމްބަރުކަންކުރެއްވި އިލްހާމް އަހުމަދު, މި އަހަރުގެ އިންތިހާބުގައި, އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

‎މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގައި އެ ދާއިރާ މިހާރު ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދުކުރައްވަނީ އިލްހާމަށެވެ.

‎އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ.އެން ފުރަތަމަ ޑީއާރްޕީގެ ފަރާތުން ގެމަނަފުށީ ދާއިރާ އެވެ. އޭގެ ފަހުން ޕީޕީއެމް އިން ދަނގެތީ ދާއިރާ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު, މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމިޓީ ކަމަށްވާ އިގުތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވައިފަ އެވެ.

‎އިލްހާމަކީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑީއާރްޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި އެވެ,

‎އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަން އެންވޯއީކަން ވެސް ކުރައްވައިފަ އެވެ.

‎ސިޔާސީ ދާއިރާގެ އިތުރުން އިލްހާމް ވަނީ ޓެލެވިޒަން މޯލްޑިވްސްގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ ރައީސްކަން ކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.