ތިނަދޫގައި ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ތިނަދޫގައި ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ.ތިނަދޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީން ގުޅިގެން، ގދ.ތިނަދޫގައި ކުރިއަށް ގެންދާ "މޫދު ކަސްރަތު" ޕްރޮގްރާމުގެ ބައިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން، ކުރިއަށް ގެންދިޔަ މި ސެޝަންގައި ތިޔަރީއާއި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ފެބުރުވަރީ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ފަޔަރ ސޭފްޓީ ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތައް ވަނީ ކިޔައިދީފައެވެ.
މީގެ އިތުރުން އަލިފާން ރޯވާގޮތާއި، އަލިފާން ރޯވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، އަލިފާން ނިއްވާނޭ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި، ކައްކާ ގޭހާ ބެހޭ މަޢުލޫމާތާއި، ގޭސްފުޅި ގުޅާނޭގޮތާއި، ގޭސް ލީކުވެއްޖެނަމަ އަމަލު ކުރާނެ ގޮތް ވެސް ވަނީ ކިޔައިދީފައެވެ.
ހަމަމިއާއެކު އުނދުނަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. އަދި ކޮންމެ ބައިވެރިއެއް ލައްވައި ޢަމަލީގޮތުން ރެގިއުލޭޓަރ ގުޅައި، ރެގިއުލޭޓަރ ނައްޓަން ދަސްކޮށްދިނުމުގެ އިތުރުން، ފަޔަރ ބުލޭންކެޓު ބޭނުންކޮށް އަލިފާން ނިއްވަން ވަނީ ދަސްކޮށްދީފައެވެ.
މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.