މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް މިއަދު ކ. މަނިޔަފުށީގައި އިފްތިތާޙް ކޮށްފިއެވެ.

މިތަމްރީން ޕްރޮގްރާމް ފެށުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ޑރ.  އަމްޒަތު އަޙްމަދު އެވެ. މިއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 ބައިވެރިން ބައިވެރިވެއެވެ.

8 ފެބްރުއަރީ 2024 އިން 21 ފެބްރުއަރީ 2024 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާއިން ތަފާތު ބައިތައް ހިމެނިގެން ފަރުމާކޮށްފައިވާ ޕްރޮގަރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 (ހަތަރު) ބާވަތެއްގެ މަސް/ދިރުން އާލާކުރުމުގެ ފިލާވަލުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފި ލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

މިތަމްރީނު ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މީގެ ސިލްސިލާ ގިނަ ޓްރެއިނިންގް ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީއިންވަނީ ރާވާފައެވެ. މި ޕްރޮގްރާމުގައި ވީހާވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، ތަމްރީނު ޕްރޮގްމާމްތަކުން ފޯރުކޮށްދޭ މައުލޫމާތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް ބޭނުންތެރިކަންކަމަށް ހެދުމަށްޓަކައި މި ޕްރޮގްރާމްގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ 2 ގޮތަކަށެވެ.

  1. އަސާސީ ނުވަތަ ބޭސިކް މެރިކަލްޗަރ ތަމްރީން: މި ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ތަމްރީނުގައި ބައިވެރިވާ ފަރާތްތަށް ދިރިއުޅޭ ރަށްތަކަށް ޓީމުތަކުން ގޮސްގެން އެރަށްރަށުގައެވެ.
  2. ވަކި ސްޕީސީޒް އާލާކުރުމަށް ދަސްކޮށްދޭ ތަމްރީން: މިއީ ވަކި ސްޕީސީޒު އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިން ފެސިލިޓީގައި ދެވޭތަމްރީނެކެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.