އިނގިރޭސި ރައްޔިތަކު އުމުރުން 95 އަހަރުގައި މާސްޓާސް ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 95 އަހަރުގެ ޑޭވިޑް މާގޯޓް އުފަން ގައުމުގައި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފި އެވެ.

ސަރީގެ ކުރީގެ ސައިކޮލޮޖިސްޓެއް ކަމަށްވާ  ޑޭވިޑް، ވަނީ ކިންގްސްޓަން ޔުނިވާސިޓީގައި މާސްޓާސް ހެދި އެންމެ މުސްކުޅި ދަރިވަރަށް ވެފައެވެ.

ޑޮކްޓަރަކަށް ވުމަށްފަހު 72 އަހަރު ފަހުން ރިޓަޔާޑް ސައިކޮލޮޖިސްޓް ޑޭވިޑް މާގޯޓް ކިންގްސްޓަން ޔުނިވާސިޓީން މޮޑަން ޔޫރަޕިއަން ފިލޯސަފީން އެމްއޭ ހާސިލު ކުރުމަށްފަހު މިހާރު ބޭނުންވަނީ ޕީއެޗްޑީ ހާސިލު ކުރުމަށެވެ.

ޑޭވިޑް މާގޯޓަށް ޕީއެޗްޑީ ހާސިލު ކުރެވޭއިރު، އޭނާއަށް އުމުރުން 102 އަހަރު ވާނެ ކަމަށް ލަފާ ކުރެވެއެވެ.

އުމުރުން 95 އަހަރުގައި މުސްކުޅި ޑޭވިޑް ދުނިޔެއަށް ސާބިތުކޮށް ދެއްކީ ކިޔަވަން ވަކި އުމުރެއް ނެތްކަމެވެ. އިންސާނާ ދުނިޔޭގައި ސަލާމަތުން ހުރިހާ ހިނދަކު ޢިލްމު ހާސިލުކުރަމުން ގެންދެވޭނެ ކަމެވެ. އަދި ޢިލްމު އުނގެނުމަށް އޭނާގެ ހުރި ޝައުގުވެރިކަން ދުނިޔޭގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނެ ކަމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.