މިރޭގެ މުޒާހަރާގައި އަލީ ހުސައިން ހައްޔަރުކޮށްފި

އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު އަލީ ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭގެ މުޒާހަރާގައި އެމްޑީޕީ ހަރުގެ ކުރިމަތީގައި ހަރަކާތްތެރި ވަމުން ގެންދަވަނިކޮށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާގެ އިތުރަށް އެހެން ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން އެކަކުވެސް ދޫކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިރޭގެ މުޒާހަރާގެ ތެރެއަށްވެސް ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖަހައިފައެވެ. މާލޭގެ އިތުރަށް ބައެއް ރަށްރަށުގައިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުމެ ގޮވާލަމުން ގެންދަނީ ސްޕްރީމް ކޯޓުން މިމަހު ފުރަތަމަ ދުވަހު ނެރުނު ހުކުމް ތަންފީޒު ކޮށްދިނުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.