އެމެރިކާގެ ވައިގެ ސިފައިންގެ އަންހެން އޮފިސަރަކަށް "މިސް އެމެރިކާ"ގެ މަގާމު

އެމެރިކާގެ ވައިގެ ސިފައިންގެ އަންހެން އޮފިސަރަކު "މިސް އެމެރިކާ"ގެ މަގާމަށް ހޮވިއްޖެއެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ޚިދުމަތްތެރި އަންހެން އޮފިސަރަކު "މިސް އެމެރިކާ"ގެ  މަގާމަށް ހޮވުމުން އައު ތާރީޚެއް ލިއެވިގެން ހިނގައްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާގެ ވައިގެ ސިފައިންގެ ސެކަންޑް ލެފްޓިނެންޓެއްގެ މަގާމު އަދާކުރާ އުމުރުން 28 އަހަރުގެ މެޑިސަން މާޝްއަށް ފްލޮރިޑާގައި ބޭއްވި "މިސް އެމެރިކާ" މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ 50 ބައިވެރިންނާ ވާދަކޮށްގެންނެވެ.

މެޑިސަން މާޝް އަކީ އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓަށް އުފަން އަންހެނެކެވެ.

"މިސް އެމެރިކާ"ގެ ދެވަނަ މަގާމު ލިބުނީ  ޓެކްސަސްގެ އެލީ ބްރެއޯސް އަށެވެ.

މެޑިސަން މާޝްއަށް "މިސް އެމެރިކާ"ގެ ފަޚުރުވެރި މަގާމު ލިބުމުން އެމެރިކާގެ ވައިގެ ސިފައިންގެ ފަރާތުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 2024 ވަނަ އަހަރުގެ "މިސް އެމެރިކާސް ޓީން" މުބާރާތުން ފަޚުރުވެރި އެއްވަނަ މަގާމު ހޯދީ ނޯތު ކެރޮލައިނާގެ އުމުރުން 16 އަހަރުގެ ހެންލީ ހައުސްއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.