މޮޓޮރޯލާއިން 2024 ވަނަ އަހަރުގެ ފުރަތަމަ އަގުހެޔޮ ފޯނު "މޮޓޯ ޖީ ޕްލޭ" ތައާރަފުކޮށްފި

އެމެރިކާގެ މަލްޓިނޭޝަނަލް ސްމާޓްފޯން އުފައްދާ ކުންފުނި މޮޓޮރޯލާއިން 2024 ވަނަ އަހަރުގެ ފުރަތަމަ އަގުހެޔޮ ފޯނު ކަމަށްވާ "މޮޓޯ ޖީ ޕްލޭ" ތައާރަފުކޮށްފިއެވެ.

މިދިޔަ އަހަރު އެ ކުންފުނިން ތައާރަފުކުރި ފޯނު މިހާރު ވަނީ "މޮޓޯ ޖީ ޕްލޭ" 2024 ގެ ގޮތުގައި އަޕްޑޭޓްތަކާއެކު އަލުން ނެރެފައެވެ.

"މޮޓޯ ޖީ ޕްލޭ" 2024 ތައާރަފުކޮށްފައި ވަނީ 5.6 އިންޗީގެ ސްކްރީނާއި ސްނެޕްޑްރެގަން ޗިޕް އަދި އެންޑްރޮއިޑް 13 އޮޕަރޭޓިން ސިސްޓަމަކާ އެކުގައެވެ.

މި ފޯނުގައި ފިންގަޕްރިންޓް ސެންސަރު ހިމެނޭ ގޮތަށް ސަލާމަތީ ކަންތައްތަކާ ގުޅޭ އެހެން ބައިތަކެއް ވެސް ހިމެނޭއިރު ފޯނަށް ފެން ނުވަންނަ ގޮތަށް ވެސް ވަނީ ހަދާފައެވެ.

"މޮޓޯ ޖީ ޕްލޭ" ތައާރަފުކޮށްފައި ވަނީ 4ޖީބީގެ ރެމް އާއި 64ޖީބީގެ ސްޓޯރޭޖަކާއެކު ނަމަވެސް މައިކްރޯއެސްޑީ ކާޑެއް މެދުވެރިކޮށް މެމޮރީ އިތުރަށް ފުޅާ ކުރެވޭނެއެވެ.

މި ފޯނުގެ ކުރިމައްޗާއި ފަހަތުގައި ކޮންމެ ކެމެރާއެއްގައި އެއް ކެމެރާ ހުރި ނަމަވެސް ކެމެރާ ޓެކްނޮލޮޖީ އަޕްގްރޭޑްކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފޯނުގައި 50 މެގަޕިކްސެލްގެ ރިއަރ ކެމެރާއަކާއި 8 މެގަޕިކްސެލްގެ ފްރަންޓް ފޭސިންގ ކެމެރާއެއް ހިމެނެއެވެ.

"މޮޓޯ ޖީ ޕްލޭ" ތައާރަފު ކޮށްފައި އަވަހަށް ޗާޖުކުރެވޭ ޗާޖަރަކާ އާއެކުގައެވެ. ފޯނުގެ ބެޓެރީ ތިން ދުވަހަށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ފޯނު މި ވަގުތު ހަމައެކަނި އެމެރިކާއިން ލިބެން ހުރިކަމަށް ވިޔަސް ފެބްރުއަރީ މަހުގެ ތެރޭގައި އޭޝިއާގެ ގައުމުތަކުން ގަންނަން ލިބޭނެއެވެ.

މޮޓޮރޯލާއަކީ ފެންވަރު ރަނގަޅު ގިނަ އަދަދެއްގެ މޯބައިލް ފޯނު އުފައްދާފައިވާ ކުންފުންޏެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.