ގައުމުގެ މިނިވަން ކަމަކީ ހީކުރާ ވަރަށްވުރެ ވެސް ސީރިއަސް ވާހަކައެއް: އާޒިމާ

ފޮޓޯ: ވަގުތު

ގައުމުގެ މިނިވަން ކަމަކީ ހީކުރާ ވަރަށްވުރެ ވެސް ސީރިއަސް ވާހަކައެއް ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ހަމައެކަނި އަންހެން ކެނޑިޑޭޓް، އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވަން ޖެހޭ ސަބަބު ހާމަކުރައްވަމުން އާޒިމާ ވިދާޅުވީ އެބޭފުޅުންނަކީ ގައުމު ދެކެ ލޯބިވާ ޓީމެއް ކަމަށެވެ. އަދި އެބޭފުޅުން ދިވެހި ގައުމު ހަލާކު ކޮށްލަން ނުނިކުންނާނެ ކަމަށެވެ.

މީގެ އިތުރުން ގައުމުގެ ހަރުމުދާ ވިއްކައި، ގައުމިއްޔަތު ވިއްކަން ނުނިކުންނާނެ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ފިޔަވައި އެހެން ބަޔަކަށް އެޓީމުން ތާއިދެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މިތިބީ ވަރަށް ހިތްވަރާ އެއްކޮށް ނުކުމެ، ކަމަރު ބަނދެގެން ކަމަށާއި ކޮންމެ ކަހަލަ ޗެލެންޖެއްގައި ތިއްބަސް އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި ދާނީ ކުރިއަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ތަރައްގީގެ ދަތުރު، ގައުމިއްޔަތުގެ ދަތުރު ދެބައިވިޔަ ނުދެއްވުމަށް އާޒިމާ ވަނީ އިލްތިމާސް ކުރއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.