ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ކުރިޔަށްގެންދިއުމަށާއި އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.