ޔޫތު މިނިސްޓްރީން ބާއްވާ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

ފޮޓޯ: ޕީއެސްއެމް

ޔޫތު މިނިސްޓްރީން ބާއްވާ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ.

މިއީ އައު އަހަރާ ގުޅުވައިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން ނިންމި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގައި ހިމެނޭ އިވެންޓެކެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންގެ ހަވީރު ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ބާއްވަން ނިންމި ފެސްޓިވަލްގެ ހުރިހާ ހަރަކާތެއް މިހާރު މިވަނީ ކެންސަލްވެފައެވެ.

އެގޮތުން ރޭގަނޑު ބޭއްވުމަށް ނިންމި ހަރަކާތްތައް ފަސްކޮށްފައިވާއިރު އެ ހަރަކާތްތައް މޫސުން ރަނގަޅުވުމުން ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.