ގޭސްފުޅިއެއް ގޮވާ މީހަކަށް އަނިޔާ ވެއްޖެ

މ.ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 14:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. މި ގޭސް އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓަ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ.
އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.
މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ %10 ފިހިފައިވާތީ، އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވަނީ ތަޅައިގެން ގޮސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.